އޮފީސް މާހައުލުގައި ބުލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ އަދަދު ގިނަ

އޮފީސް މާހައުލުގައި ބުލީކުރުން ގިނަ: ދިރާސާ

އޮފީސް މާހައުލުގައި ބުލީގެ ޝިކާރައަކަށްވެފައިވާ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް ޕީނިކްސްގެ ޑރ. ޖޫޑިތު ލީން ކުރި ދިރާސާއަކުން ދައްކާ ގޮތުން، އޮފީސް މާހައުލުގައި ބުލީކުރުން ހީކުރާ މިންވަރަށްވުރެ އިތުރެވެ. އެގޮތުން 75 އިންސައްތަ މުވައްޒަފުންނަކީ އޮފީސް މާހައުލުގައި ކޮންމެވެސް ދުވަސްވަރެއްގައި ނުވަތަ ކޮންމެވެސް ގޮތަކުން ބުލީގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އޮފީހުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އޮފީހުގެ ވެރިންވެސް ބުލީކުރާ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. ބުލީގެ ޝިކާރައަކަށްވާ މީހުންނަށް ނަފުސާނީ ގޮތުން ސީރިއަސް ގެއްލުންތަކެއް ލިބޭ ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ޖިސްމާނީ ގޮތުން ބުލީ ކުރާއިރު، ބުނެލާ ބަސްބަހުންވެސް މީހުން ބުލީގެ ޝިކާރައަކަށްވެފައިވެއެވެ. ސްކޫލު މާހައުލުގެ ބުލީ އާއި އޮފީސް މާހައުލުގެ ބުލީއާ ތަފާތުތަކެއް ހުރިއިރު، އޮފީސް މާހައުލުގެ ބުލީއަށް އެޑްރެސްކުރުން އުނދަގޫ ކަމަށް މި ދިރާސާގައި ބުނެފައިވެއެވެ. އޮފީސް މާހައުލުގައި ޖިންސީ ފުރައްސާރައަކީ އާންމު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.