މޯލްޑިވިއަންގެ ފްލައިޓެއް- ފައިލް ފޮޓޯ މޯލްޑިވިއަން

މޯލްޑިވިއަން އިން ހަނިމާދޫއަށް އަލުން ދަތުރުތައް ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫއަށް ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.

މޯލްޑިވިއަން އިން، ހަނިމާދޫއަށް ކުރާ ދަތުރުތައް މިއަދު މެދުކަނޑާލީ ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

"ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފެށި ވާހަކަ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވާލިން" މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ރޭ ދަންވަރު، އިންޑިއާގެ ޓްރިވެންޑްރަމުން ފުރައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް، މޫސުން ގޯސްވުމުގެ ސަބަބުން ހަނިމާދޫއަށް ޖެއްސޭގޮތް ވަނީ ނުވެފައެވެ. އެ ފްލައިޓް އެންމެ ފަހުން ޖައްސާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.