ކޮޗިން ދަތުރުތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-ފޮޓޯ މޯލްޑިވިއަން

މޯލްޑިވިއަންގެ ހަނިމާދޫ-ކޮޗިން ދަތުރުތައް އިފްތިތާހުކޮށްފި

ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އިން އިންޑިއާގެ ކޮޗިން އަށް ކުރާ ދަތުރުތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ހަނިމާދޫ-ކޮޗިން ދަތުރުތައް އިފްތިތާހުކޮށްފައިވަނީ އަންގާރަ ދުވަހު ކޮޗިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި ހަނިމާދޫ-ކޮޗިން ދަތުރުތައް ފަށާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ހަނިމާދޫ އާއި ކޮޗިންއާ ދެމެދު ހަފުތާއަކު ތިން ދަތުރު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ހަނިމާދޫ-ކޮޗިން ރޫޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޖެނިފާ ވިދާޅުވީ އަލަށް ފަށާ ދަތުރުތަކާއެކު އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގައި މޯލްޑިވިއަންގެ ދައުރު ފުޅާވެގެންދާނެ ކަމަށެވެ.

މޯލްޑިވިއަން އިން މިހާރުވެސް ދަނީ ހަނިމާދޫ އިން ޓްރިވެންޑްރަމަށް ދަތުރުތައް ބާއްވަމުންނެވެ.