މޯލްޑިވިއަންގެ ފްލައިޓެއް: ފައިލް ފޮޓޯ މޯލްޑިވިއަން

މޯލްޑިވިއަން އިން ބެންކޮކަށް ދަތުރުކުރަން ހާއްސަ ޕްރޮމޯޝަނެއް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އީދަށް ބެންކޮކަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޕްރޮމޯޝަން ފެއާގައި ދިވެހިންނަށް ބެންކޮކް ދެކޮޅު ޓިކެޓް 375 ޑޮލަރަށް އަދި ބިދޭސީއެއް ނަމަ 401 ޑޮލަރަށް ލިބެއެވެ. އަދި 40 ކިލޯގެ ބެޖޭޖް އެލަވަންސްވެސް ލިބެއެވެ.

އޭގެ އިތުރުން، މޯލްޑިވިއަން ހޮލިޑޭސް އިން ވަނީ ބެންކޮކް ދެކޮޅު ޓިކެޓާއި ހަތަރު ދުވަހުގެ ހުރުން 508 ޑޮލަރަށް ލިބޭ ޕެކޭޖެއްވެސް ތައާރަފުކޮށްފައެވެ.

އެ ދެ އޮފާވެސް ބޭނުންކުރެވޭނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބުކިން ހައްދައި ދަތުރުކުރާ ފަރާތްތަކަށެވެ.