ވީއައިއޭގައި ކުރިއަށްދާ މަޝްރޫއެއް: ފައިލް ފޮޓޯ އެމްއޭސީއެލް

އަންނަ އަހަރުގެ ބަޖެޓް 39.5 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް 39.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓަކުން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި 2020-2022 ގެ ފިސްކަލް ސްޓްރެޓަޖީ ބަޔާނުގައި، އަންނަ އަހަރުގެ ބަޖެޓް ހުންނާނީ 39.5 ބިލިއަންގައި ކަމަށް ލަފާކޮށްފައިވެއެވެ.

އެ އަދަދުގެ ތެރެއިން 37 ބިލިއަން ރުފިޔާ ހަރަދު ކުރެވޭނެ ކަމަށް، ފިސްކަލް ސްޓްރެޓަޖީގައި އަންދާޒާކޮށްފައިވެއެވެ.

ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 30.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ބަޔާނުގައި ލަފާކޮށްފައިވާއިރު ރިކަރަންޓް ހަރަދަށް 20.39 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ކެޕިޓަލް ހަރަދަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.