ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއަކީ މިހާރު ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު: ފައިލް ފޮޓޯ ވީއައިއޭ

ދައުލަތުގެ ހަރަދު 12 ބިލިއަން ރުފިޔާއަށް

މިއަހަރުގެ މިހާތަނަށް ދައުލަތުން ކުރި 12.6 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރި ހަރަދުގެ ތަފާސްހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މުއްދަތުގައި ދައުލަތުގެ ހަރަދުގެ 77 އިންސައްތަ ހަރަދު ކުރެވިފައިވަނީ ރިކަރަންޓް ހަރަދަށެވެ.

އެ މުއްދަތުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 12.1 ބިލިއަން ރުފިޔާއެވެ. އާމްދަނީގެ 76 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.