ސިނަމާލެ ބްރިޖް: ފައިލް ފޮޓޯ ހައުސިން މިނިސްޓްރީ

ލިބުނު އާމްދަނީއަށްވުރެ ހަރަދު އިތުރުވެއްޖެ

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ، ކުރެވުނު ހަރަދު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މިއަހަރުގެ ޖެނުވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

ތަފާސްހިސާބު ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި އެހީގެ ގޮތުގައި ދައުލަތަށް ލިބުނީ 11.8 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާ ވަނީ ހަރަދުކުރެވިފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 76 އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ބާކީ 24 އިންސައްތައަކީ ނޮން-ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަރަދުގެ 78 އިންސައްތައަކީ ރިކަރަންޓް ހަރަދެވެ. ބާކީ 22 އިންސައްތައަކީ ކެޕިޓަލް ހަރަދެވެ.