ހުޅުމާލޭ ރިނާޓަސް އިތާ މުތްގައި ބީއެމްއެލް އިން ގާއިމުކުރި ބޭންކިން ސެންޓަރު: ފޮޓޯ ބީއެމްއެލް

ބީއެމްއެލުން އާ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އާ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގެ ރިނާޓަސް އިތާ މުތްގައި ހުޅުވި އާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގުމުގެ ހިދުމަތާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް ހަފުތާގެ ހަތް ދުވަހު 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ގާއިމްކުރި ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ހުރި އޭޓީއެމްތައް ބޭނުންކޮށްގެން ޗެކް ޖަމާކުރުމުގެ ހިދުމަތްވެސް ލިބޭނެއެވެ.

ބޭންކުން ވަނީ ރާއްޖޭގެ 20 އަތޮޅުގައި 37 ބްރާންޗް ގާއިމުކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 100 އޭޓީއެމް ގާއިމުކޮށްފައިވާއިރު 5،000 އަށްވުރެ ގިނަ ޕީއޯއެސް މާޗަންޓުންގެ އެބަތިއްބެއެވެ.