ދެ ޖަމިއްޔާއަށް ފައިސާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ބީއެމްއެލް

ދެ ޖަމިއްޔާއަކަށް ބީއެމްއެލް އިން މާލީ އެހީތެރިކަން ފޯރުކޮށްދީފި

އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތް ކުރާ ދެ ޖަމިއްޔާއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ "ފެމިލީ ލީގަލް ކްލިނިކް" އަދި "ވިމެން އިން ޓެކް" އަށެވެ. ބީއެމްއެލް އިން ވަނީ ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ހަދިޔާކޮށްދީފައެވެ.

އިއްޔެ ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި އެ ދެ ޖަމިއްޔާއަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ހިންގުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީނެވެ.