ބީއެމްއެލްގެ ހެޑް އޮފީސް: ފައިލް ފޮޓޯ ބީއެމްއެލް

ބީއެމްއެލް އިން ހިއްސާއަކަށް 24 ރުފިޔާ ބަހަން ނިންމައިފި

ހިއްސާއަކަށް 24 ރުފިޔާ ބެހުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ޑިވިޑެންޑްެ ގޮތުގައި ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށެވެ. އެއީ މިދިޔަ އަހަރު ހިއްސާއަކަށް ބެހި ވަރަށް ވުރެ ނުވަ އިންސައްތަ އިތުރުވުމެކެވެ.

ބީއެމްއެލް އިން 2017 ވަނަ އަހަރުގެ ފައިދާއިްނ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118.4 މިލިއަން ރުފިޔާ ބެހުމަށް ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.