އާ އައިފޯން އެސްއީ: ފޮޓޯ އެޕަލް

އާ އައިފޯން އެސްއީ ދައްކާލައިފި

އެޕަލް އިން އާ އައިފޯން އެސްއީ ދައްކާލައިފިއެވެ.

މި މޮޑެލްގެ އައިފޯންގެ އަގު ފެށެނީ 399 ޑޮލަރުންނެވެ. އާ އައިފޯން އެސްއީގެ 64 ޖީބީ އާއި 128 ޖީބީ އަދި 256 ޖީބީ ސްޓޯރޭޖްގެ ފޯނު ނެރޭނެއެވެ. ތިން ކުލައަކުން މި މޮޑެލްގެ ފޯނު އުފައްދާނެއެވެ. އެއީ ކަޅުކުލަ، ހުދުކުލަ އަދި ޕްރޮޑަކްޓް ރެޑް އެވެ.

މި ފޯނު އެންމެ ވައްތަރީ އައިފޯން 8 އާއެވެ. އާ އައިފޯން އެސްއީގެ ސްކްރީންގައި 4.7 އިންޗި ހުރެއެވެ. އާ ފޯނުގައި ޓަޗް އައިޑީ ހޯމް ބަޓަން އާއެކު ފިންގާ ޕްރިންޓް ސެންސާ ހިމެނެއެވެ.

އާ ފޯނުގެ ބައެއް މައުލޫމާތު:

ޗިޕް: މި ފޯނުގައި ހިމެނެނީ އޭ13 ބަޔޮނިކް ޗިޕެއް. މިއީ އައިފޯން 11 އަދި 11 ޕްރޯގެ މޮޑެލްތަކުގައިވެސް ހިމެނޭ ޗިޕް.

ކެމެރާ: ފޯނުގެ ފަހަތުގައި ހިމެނެނީ އެންމެ ކެމެރާއެއް. މިއީ 12 އެމްޕީގެ ވައިޑް ކެމެރާއެއް. ޑިޖިޓަލް ޒޫމް ފަސް ގުނަ އާ ހަމައަށް. އޮޕްޓިލަކް އިމޭޖް ސްޓެބިލައިޒޭޝަން އާއި އޮޓޯ އިމޭޖް ސްޓެބިލައިޒޭޝަން ހިމެނޭ.

ވީޑިއޯ ރިކޯޑިން: 4ކޭ ވީޑިއޯ ރިކޯޑިން، 24 އެފްޕީއެސް، 30 އެފްޕީއެސް، 60 އެފްޕީއެސް. 1080ޕީ އެޗްޑީ ވީޑިއޯ ރިކޯޑިން، 30 އެފްޕީއެސް، 60 އެފްޕީއެސް. 720ޕީ އެޗްޑީ ވީޑިއޯ ރިކޯޑިން، 30 އެފްޕީއެސް. ޑިޖިޓަލް ޒޫމް ތިން ގުނަ އާ ހަމައަށް.

ފްރޮންޓް ކެމެރާ: 7 އެމްޕީގެ ކެމެރާއެއް. 1080ޕީ އެޗްޑީ ވީޑިއޯ ރެކޯޑިން 30 އެފްޕީއެސް. ރެޓީނާ ފްލޭޝް.

އާ އައިފޯން އެސްއީގެ ޕްރީއޯޑަރަށް ހުޅުވާލާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ޝިޕްކުރަން ފަށާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.