ޖޮނަތަން

އައިފޯނާއި އައިމެކްގެ ޑިޒައިނަރު އެޕަލްއިން ވަކިވަނީ

އެޕަލް ކުންފުނީގެ އައިފޯނާއި އައިމެކްގެ ޑިޒައިނަރު ޖޮނަތަން، އެ ކުންފުނީގެ ވަޒީފާއިން ވަކިވާން ނިންމައިފިއެވެ.

ދުނިޔޭގެ މަގުބޫލު އަދި އަގުހުރި ކުންފުންޏަކަށް އެޕަލް ހެދުމުގައި އިސް ދައުރެއް އަދާކުރި ޖޮނަތަން އެކުންފުނިން ވަކިވާން ނިންމާފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. 1992 ވަނަ އަހަރުން ފެށިގެން އެޕަލްގައި ވަޒީފާ އަދާކުރަމުން އަންނަ ޖޮނަތަން އެކުންފުނިން ވަކިވަނީ ލަވްފްރޮމް ގެ ނަމުގައި އަމިއްލަ ކުންފުންޏެއް އުފެއްދުމަށެވެ.

ޖޮނަތަން ޑިޒައިންކުރި އެޕަލްގެ ބައެއް އުފެއްދުންތަކުގެ ތެރޭގައި: 1998 ވަނަ އަހަރުގެ އައިމެކް އާއި 2001 ވަނަ އަހަރުގެ އައިޕޮޑް އާއި 2004 ވަނަ އަހަރުގެ އައިޕޮޑް މިނި ހިމެނެއެވެ.

މިއީވެސް ޖޮނަތަން ޑިޒައިންކޮށްފައިވާ ބައެއް އުފެއްދުންތައް:

2007 ވަނަ އަހަރުގެ އައިފޯނު،

2008 ވަނަ އަހަރުގެ މެކްބުކް އެއާ،

2010 ވަނަ އަހަރުގެ އައިޕެޑް،

2015 ވަނަ އަހަރުގެ އެޕަލް ވޮޗް،

2016 ވަނަ އަހަރުގެ އެއާޕޮޑްސް.