ފިނޭންސް މިނިސްޓްރީ: ފައިލް ފޮޓޯ ޕީއެސްއެމް

ތިން މަހުން ދައުލަތަށް 6 ބިލިއަން ރުފިޔާ، ހަރަދަށް 5 ބިލިއަން ރުފިޔާ

މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތުގެ އާމްދަނީ 6.1 ބިލިއަން ރުފިޔާއަށް އެރިއިރު ހޭދަ ކުރި މިންވަރު 5.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކުހުން ލިބުނު އާމްދަނިއެވެ. ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް 4.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 389 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.