މަންޓާގެ ސީޕްލޭން ދަތުރުތަކަށް ކެބިން ކްރޫން ހޯދަނީ
މަންޓާ އެއާގެ ސީޕްލޭން ހިދުމަތަށް ކެބިން ކްރޫން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އެ އެއާލައިންގެ ސީޕްލޭން ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ. ސީޕްލޭން ދަތުރުތަކަށް ހަ ސީޕްލޭން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މަންޓާ އެއާއިން ބުނެއެވެ.
ސީޕްލޭންގެ ހިދުމަތުގައި ކެބިން ކްރޫންގެ މަގާމުތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.