އެލްޖީ އޯލެޑް ޓީވީގެ އިސްތިހާރެއް

އެލްޖީ އިން އޯލެޑްގެ 42 އިންޗީގެ ޓީވީ ނެރެނީ

އެލްޖީ އިން އޯލެޑްގެ 42 އިންޗީގެ ޓީވީ އުފެއްދުމަށް ނިންމައިފިއެވެ. މިއީ އެލްޖީ އިން އުފައްދާ އޯލެޑް ޑިސްޕްލޭގެ އެންމެ ކުޑަ ސައިޒްގެ ޓީވީއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އެލްޖީގެ 42 އިންޗީގެ އޯލެޑް ޓީވީ މިއަހަރު ބާޒާރަށް ނެރޭނެއެވެ. އެއާއެކު އެލްޖީގެ 48، 55، 65، 77، 83 އަދި 88 އިންޗީގެ އޯލެޑް ޓީވީ މިއަހަރު ލިބޭނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެލްޖީ އިން ހާމަކުރި ގޮތުގައި 77 އިންޗީގެ ޓީވީއަކީ "ނެކްސްޓް-ޖެނެރޭޝަން" ގެ ޓީވީއެކެވެ. ކުރީގެ ޓީވީއަށްވުރެ 20 އިންސައްތަ އިތުރަށް އެފިޝިއެންޓްވާނެ ކަމަށްވެސް އެލްޖީ އިން ވަނީ ބުނެފައެވެ.