އުރީދޫ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ އުރީދޫ

އުރީދޫ އިން ކޯލް، ވައިބާ އަދި ޓްވިޓާ މިއަދު ހިލޭ

އުރީދޫގެ ނަންބަރުތަކަށް މިއަދު ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފިއެވެ. އުރީދޫ އިން ބުނި ގޮތުގައި އެ ނެޓްވޯކްގެ ނަންބަރުތަކަށް ހިލޭ ގުޅޭ ގޮތް ހަމަޖެއްސީ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން މުވާސަލާތު ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުންނެވެ.

އުރީދޫ އިން ބުނީ، އެހެން ނެޓްވޯކްތައް ބޭނުންކުރާ ފަރާތްތަކަށާއި ރާއްޖެއިން ބޭރުގައި ތިބި މީހުންނަށް ވައިބާ މެދުވެރިކޮށް ގުޅުމާއި މެސެޖްކުރުމަށް މިއަދު ޑޭޓާ ޗާޖު ނުކުރާނެ ކަމަށެވެ.

އޭގެ އިތުރުން ޓްވިޓާ ބޭނުންކުރުމަށްވެސް މިއަދު ޑޭޓާ ޗާޖު ނުކުރާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ރޭ ގާތްގަނޑަކަށް 7:15 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއްގައި ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއް ލިިބިފައެވެ. ރޭގެ ހާދިސާގައި އަލިފާން ރޯވި ގެއަކުން ނުނިކުމެވި، އެގޭގައި ތާށިވުމުގެ ސަބަބުން އުމުރުން 46 އަހަރުގެ އައިޝަތު ޝައުނާ ވަނީ ނިޔާވެފައެވެ.