އުރީދޫން ރޯދައަށް ހާއްސަކުރި ހިދުމަތްތަކާޢި ޕްރޮމޯޝަންތަކުގެ މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ އުރީދޫ

އުރީދޫން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް، އުރީދޫން ގިނަ ހިދުމަތްތަކާއި ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ތައާރަފުކުރި ހިދުމަތްތަކާއި ޕްރޮމޯޝަންތަކުގެ ތެރޭގައި ޑޭޓާއަށް ހާއްސަ ޕްރޮމޯޝަންތަކާއި އިނާމު ލިބިގެންދާ މުބާރާތެއްވެސް ހިމެނެއެވެ.

ރޯދަ މަހަށް ހާއްސަކޮށް، އުރީދޫން ތައާރަފުކުރި ހިދުމަތްތަކާއި ޕްރޮމޯޝަންތައް:

ޑޭޓާ ކޮމްބޯ: މި ޕެކްގައި އެންމެ 25 ރުފިޔާއަށް އުރީދޫ 4ޖީ ޕްލަސް ނެޓްވޯކުގައި ބޭނުންކުރަން 1 ޖީބީ ޑޭޓާ އަދި ގުޅާލުމަށް 100 މިނެޓް ލިބިގެންދާނެއެވެ. ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހެނދުނު 5.00 އިން ހަވީރު 5.00 އަށް ބޭނުން ކުރެވޭ މި ޕެކް، *929*1*1# ޖެއްސެވުމުން އެކްޓިވޭޓް ކުރެވޭނެއެވެ.

ސުޕަނެޓުން ބޯނަސް: ރޯދަ މަހު އުރީދޫ ސުޕަނެޓް އެކްޓިވޭޓްކުރުމުން ހަ މަސް ދުވަހުގެ މުއްދަތަަށް 30 އިންސައްތަ ބޯނަސް ލިބިގެންދާ ޕްރޮމޯޝަނެއް އުރީދޫން ވަނީ ފަށާފައެވެ.

އެމް-ފައިސާ ކޭޝްބެކް: ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު އެމް-ފައިސާއިން ކުރާ ކޮންމެ ރާސްޓަސްއެއްގެ 10 އިންސައްތަ އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެއެވެ.

ސައުދީ އަރަބިއްޔާއަށް ގުޅާލުމަށް ހާއްސަ ޕެކް: ސައުދީ އަރަބިއްޔާގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް ހާއްސަ ޕެކޭޖް "ސައުދީ ޕްލޭން 150" މެދުވެރިކޮށް ސައުދީއަށް ގުޅާލުމަށް 75 މިނެޓް ލިބިގެންދާއިރު ދެ ޖީބީގެ ޑޭޓާވެސް ލިބިގެންދާނެއެވެ. *929*3*2# ޖެއްސެވުމުން މި ޕެކް އެކްޓިވޭޓް ކުރެވޭނެއެވެ.

މަސްރޭސް މޯބައިލް ގޭމް: ރޯދަ މަހަށް ހާއްސަކޮށް އުރީދޫން ކުރިއަށްގެންދާ މަސްރޭހަކީ ފޯރިގަދަ ހަރަކާތެެކެވެ. މިފަހަރު އުރީދޫން ވަނީ މަސްރޭސް މުބާރާތެއް ސްމާޓްފޯނުތަކަށް ހާއްސަކޮށް ތައާރަފުކޮށްފައެވެ. މި މުބާރާތުގައި ކޮންމެ ހަފުތާއަކު އެއްވަނައަށްދާ ފަރާތަކަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ނަމާދު ވަގުތު: އުރީދޫ އާއި ވައިބާ ގުޅިގެން ނަމާދު ވަގުތު އަންގައިދޭ "ބަންގި ޗެނަލް" އެއް ވަނީ ތައާރަފުކޮށްފައެވެ. "ބަންގި ޗެނަލް" މެދުވެރިކޮށް އެ މީހަކު ރަށްވެހިވެފައިވާ ރަށުގެ ނަމާދު ވަގުތު އަދި އެ މީހަކު ހުރިތަނެއްގައި ހުރެ ޤިބްލަ ހޯދުން ފަދަ މުހިންމު ހިދުމަތްތައް ލިބެއެވެ.

ޓެކްސްޓް އެން އިފްތާރް: އުރީދޫގެ ކަސްޓަމަރުންނަށް މި ރޯދަ މަހު ފޯނު މެދުވެރިކޮށް އާއިލާ އަދި ރައްޓެހިންނަށް ރޯދަ ވީއްލުމެއް ހަދިޔާ ކޮށްލެވޭނެއެވެ. އުރީދޫ ބިލް ނުވަތަ ކްރެޑިޓުން ޗާޖު ކުރެވޭ "ޓެކްސް އަ ކޮފީ" ގެ ހިދުމަތް ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫގެ ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ.

އުރީދޫ ރީތިޓިއުންސް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އާއި މަދަހަ ހޯއްދެވުމަށް Ramadan  ޖެއްސެވުމަށްފަހު 4000 އަށް މެސެޖެއް ކުރައްވާށެވެ.

GO ޖެއްސެވުމަށްފަހު 4777 އަށް މެސެޖެއް ކުރެއްވުމުން ނަމާދު އެލާޓްގެ ހިދުމަތް މުޅި ރޯދަ މަހު ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އޭގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރޯދަ މަހުވެސް އުރީދޫގެ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ކަސްޓަމަރުންނަށް ފޯނު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ޒަކާތް ދެއްކެވުމަށް *909# ޖެއްސެވުމުން ފިތުރު ޒަކާތް ދެއްކުމަށް ހާއްސަ މެނިއު ފެނިގެންދާނެއެވެ.