ހަލުވި އިންޓަނެޓްގެ އާ ޕެޖޭކްތަކެއް އުރީދޫން ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސް އިން ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑް ތައާރަފްކޮށް، ސްޕީޑް ޓާބޯ ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.

އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވަނީ ސުޕަނެޓް ސޭވާ އަދި ސްޕީޑް ޓާބޯ ހިދުމަތެވެ.

އުރީދޫގެ ސުޕަނެޓް ސޭވާގައި ހިމެނޭ 10 އެމް ސިލްވާ 50 ޖީބީއާއެކު ހަ މަހުގެ ޕްލޭންއަކަށް 2،970 ރުފިޔާ ދަށްކަންޖެހޭއިރު، 12 މަހަށް ދަށްކަން ޖެހޭނީ 5،460 ރުފިޔާއެވެ. ސުޕަނެޓް ސޭވާ 150 އެމް ޕްލެޓިނަމްގައި 150 ޖީބީއާއެކު ހަ މަހުގެ ޕްލޭނަށް 5،460 ރުފިޔާ ދައްކަން ޖެހޭއިރު 12 މަހަށް ދަށްކަން ޖެހޭނީ 10،488 ރުފިޔާއެވެ.

އޭގެ އިތުރުން އުރީދޫން ވަނީ ސުޕަނެޓް ސޭވާ 10 އެމް ޕްލެޓިނަމް، 400 ޖީބީގެ ޕްލޭން ތައާރަފުކޮށްފައެެވެ. ސުޕަނެޓް ސޭވާ 10 އެމް ޕްލެޓިނަމް، 400 ޖީބީ ހަ މަސް ދުވަހަށް 9،960 ރުފިޔާއަށް ލިބޭއިރު 12 މަސްދުވަހުގެ ޕްލޭން 18،480 ރުފިޔާއަށް ލިބެއެވެ.

މިއިން ކޮންމެ ޕެކޭޖަކާއެކުވެސް 12 މަހަށް އެއް ފަހަރާ ފައިދާ ދައްކަވާ ކަސްޓަމަރުންނަށް، މަހު ފީ ދެ މަސް ދުވަހަށް ހިލޭ ލިބެއެވެ.

އުރީދޫގެ ސްޕީޑް ޓާބޯއަކީ ޕެކޭޖްގެ ސްޕީޑަށްވުރެ ހަލުވި ސްޕީޑް ބޭނުންވާ ހާލަތެއްގައި އެކްޓިވޭޓް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕެކްއެކެވެ. މި ޕެކޭޖް 48 ގަޑިއިރާ ހަމައަށް އިންޓަނެޓް ސްޕީޑް އިތުރުވެގެންދާނެއެވެ. އެގޮތުން 2 އެމްބީޕީއެސްގެ ޕެކޭޖެއް ބޭނުންކުރާ ކަސްޓަމަރުން ދެ ޓާބޯ 50 ގެ ޕްލޭނެއް ނެގުމުން، 48 ގަޑިއިރަށް 50 އެމްބީޕީއެސްގެ ސްޕީޑްގައި އިންޓަނެޓް ލިބިގެންދާނެއެވެ. ސްޕީޑް ޓާބޯ 20 އެމްބީޕީއެސް އިންޓަނެޓް ސްޕީޑް 95 ރުފިާއަށް ލިބޭއިރު 10 ޖީބީ 24 ގަޑިއިރަސް ލިބެއެވެ.