ބީއެމްއެލް އިން އާންމުކުރި ޕޯސްޓް

މެޗްގެ ނަތީޖާ ދިމާކޮށްގެން ބީއެމްއެލްގެ ގިފްޓް ކާޑެއް

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗްގެ ނަތީޖާ ދިމާކޮށްގެން 2000 ރުފިޔާގެ "ބީއެމްއެލް ގިފްޓް ކާޑެއް" ހޯދުމުގެ ފުރުސަތު، ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

ސްކޯ ދިމާކުރުމަށް، ބީއެމްއެލްގެ ފޭސްބުކް އަދި ޓްވިޓާގައި ކޮށްފައިވާ ޕޯސްޓަށް ލައިކް ދިނުމަށްފަހު ލަފާކުރާ ސްކޯ ޕޯސްޓްކުރަންޖެހެއެވެ. ސްކޯ ޕޯސްޓްކުރަންވާނީ #AharengeTeam ހޭޝްޓެގްއާއެކުއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ސްކޯ ދިމާކުރުމުގެ ފުރުސަތު މިރޭ 8:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ނަސީބުވެރި އެއް ފަރާތް ހޮވުން އޮންނާނީ މާދަމާއެވެ.