އައްޑޫގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމްކޮށް ހިންގައިދޭނެ ބަޔަކު ހޯދަނީ
އައްޑޫ ސިޓީގެ މަރަދޫ، ހުޅުދޫ އަދި ހިތަދޫގައި ގޭދޮށު މަސް ޕްލާންޓް ޑިޒައިންކޮށްދީ އިމާރާތްކޮށްދީ ހިންގައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
އެ ކައުންސިލުން ވަކިވަކިން ކުރި ތިން އިއުލާނެއްގައި ބުނީ، އެ ރަށްރަށުގައި ގޭދޮށު މަސް ޕްލާންޓް ޑިޒައިންކޮށްދީ އިމާރާތްކޮށްދީ ހިންގައިދޭނެ ބަޔަކު ހޯދަން ކުރިން ކުރި އިއުލާނުތައް ބާތިލުކޮށް އަލުން އެ މަސައްކަތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އިންޑިއާ އާއި ދިވެހި ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތްތަކަށް، އެ ކައުންސިލުންވެސް ހަރަދު ކުރެއެވެ.
މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. މި ފީ ދެއްކުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ނޮން-ރިފަންޑަބަލް ފީ ގެ ގޮތުގައި ދިވެހި ރުފިޔާ އިން ނަމަ 1500 ރުފިޔާ އަދި ޑޮލަރުން ނަމަ 100 ޑޮލަރު ދައްކަން ޖެހެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، މަސައްކަތުގެ ޓެންޑާ ޑޮކިއުމެންޓް އެ ކައުންސިލް އިދާރާގެ ވެބްސައިއުންލޯޑް ކުރެވެން ހުންނާނެއެވެ.
މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތް ނަމަ، އެ ސުވާލެއް ކުރުމުގެ ފުރުސަތު މާޗް މަހުގެ 10 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް މަހުގެ 12 ވަނަ ދުވަހުގެ 14:00 އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި، އައްޑޫގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތަށް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ.