އައްޑޫ ސިޓީ ކައުންސިލް އިދާރާ: ފައިލް ފޮޓޯ އައްޑޫ ސިޓީ ކައުންސިލް މީޑިއާ

"ގޭދޮށު މަސް ޕްލާންޓް" މަސައްކަތަށް ކޮންސަލްޓެންސީ ބޭނުންވެއްޖެ

އައްޑޫ ސިޓީގެ ތިން އަވަށެއްގައި ގާއިމުކުރެވޭ "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެ އިދާރާއިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ތިން އަވަށެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ކޮންސަލްޓެންސީ ދޭން ޝައުގުވެރިވާ ފަރާތްތަކަށް، މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓް ލިބޭނެއެވެ.

ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންނަމަ މިމަހުގެ 31 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ސުވާލު އައްޑޫ ސިޓީ ކައުންސިލް އިދާރާއަށް މެއިލް ކުރަންޖެހެއެވެ. ސުވާލުތަކަށް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން، ޖަވާބު ފޮނުވާނެއެވެ.

"ގޭދޮށު މަސް ޕްލާންޓް" މަސައްކަތަށް ކޮންސަލްޓެންސީ ދިނުމުގެ މި މަސައްކަތުގެ ބީލަން ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 13:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

ބަކުރުބެ

ގޭ ދޮށުގައި މަސް ޕްލާންޓް ހެދީމަ، އަބަދުވެސް ދުވާނީ މަސް ކައްކާ ވަސް ނޯއްދަމާލަން ނުކެރޭނެ

އަޒީޒު

މަ މެން ގޭގައި މަގޭ އަންހެނުން އަބަދު ފެކްޓަރީ ޖައްސާފަ ހުންނާނީ. ތި ގޭ ދޮށު މަސް ޕްލާންޓް ބޭނުމެއް ނޫން