ފްލައިޓަކުން ފަތުރުވެރިން ވީއައިއޭއަށް ފައިބަނީ: ފައިލް ފޮޓޯ ވީއައިއޭ

ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 367000 އަށް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 367،000 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 367،131 އަށް އަރާފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 22.8 އިންސައްތައަކީ އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޔޫކްރެއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގައި 161 ރިސޯޓްސް / މެރީނާސް ހުރިއިރު އޮޕަރޭޓްކުރަމުންދަނީ 151 ރިސޯޓެވެ. މިހާރު ރާއްޖޭގައި 414 ގެސްޓްހައުސް އާއި 137 ސަފާރީ އަދި 11 ހޮޓެލްސް ދަނީ އޮޕަރޭޓްކުރަމުންނެވެ.