ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 22 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު މިއަހަރުގެ މާޗް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 22 އިންސައްތަ އިތުރުވެއްޖެއެވެ.

މިއަހަރުގެ މާޗް މަހު ރާއްޖެއަށް 162،843 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 133،466 ފަތުރުވެރިންނެވެ.

މާޗް މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. މާޗް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 12 އިންސައްތަ އަކީ ޗައިނާގެ ފަތުރުވެރިންނެވެ. ޗައިނާއިން 19،479 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިޓަލީންނެވެ. އެގައުމުން 18،285 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު އެއީ މާޗް  މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 11.2 އިންސައްތައެވެ.