ފްލައިޓުން ފަތުރުވެރިން ފައިބަނީ ފައިލް ފޮޓޯ: ވީއައިއޭ

އާ ރެކޯޑެއް، މިފަހަރު 5555 އަށްވުރެ ގިނަ ފަތުރުވެރިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވި ފަހުން، އަނެއްކާވެސް ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ރާއްޖެއަށް 5555 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. މިނިސްޓަރުގެ ޓްވީޓްގައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި ޓޫރިޒަމް ރިކަވަރީއަށް މަސައްކަތްކުރާ ދިވެހިންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑްގެ ކުރިންވެސް ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 4000 – 5000 ދެމެދުގެ އަަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 500،000 އަށްވަނީ އަރާފައެވެ.