މާފަރު އަދި މިލަދޫއަށް ސެލްފް ސާވިސް ބޭންކިން

ނ. މާފަރާއި އެ އަތޮޅު މިލަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދު ފެށި ހިދުމަތާއެކު ދެ ރަށުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުން އަދި ޓްރާންސްފާގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

އެ ބޭންކުން މިހާރުވެސް ދަނީ ނ. ކެނދިކުޅުދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ދެމުންނެވެ. އަދި ނ. މަނަދޫ އާއި ވެލިދޫ އަދި ހޮޅުދޫގައި ބީއެމްއެލްގެ ބްރާންޗުން ދަނީ ހިދުމަތް ދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.