ބެޗްގައި ހިމެނޭ 12 އަންހެން ފަޔާ ފައިޓަރުންނާއެކު އެއާޕޯޓްގެ އެކްޓިންގް އެމްޑީ މޫސާ ސޯލިހް: ފޮޓޯ އެމްއޭސީއެލް ޓްވިޓާ

އެއާޕޯޓްގެ އަލިފާން ނިއްވާ ޓީމަށް އަންހެނުން ގުޅެނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރެސްކިޔު އެންޑް ފަޔާފައިޓިން ސްކޮޑަށް ފުރަތަމަ ފަހަރަށް އަންހެން މުވައްޒަފުން ގުޅެން ތައްޔާރުވެއްޖެއެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ރެސްކިޔު ކޯހަށް ފުރަތަމަ އަންހެން ފަޔާ ފައިޓަރުންގެ ބެޗް ރާއްޖެއިން ބޭރަށް ފޮނުވުމަކީ ލިބޭ ފަހުރެކެވެ.

ފުރަތަމަ ބެޗްގައި 12 އަންހެން ފަޔާ ފައިޓަރުން ހިމެނޭއެވެ. އެމްއޭސީއެލް އިން ވަނީ އިންޑޮނީޝިއާގައި ބާއްވާ ބޭސިކް އެއާޕޯޓް ރެސްކިޔު އެންޑް ފަޔާ ފައިޓިންގް ކޯހަށް އެ މުވައްޒަފުން ފޮނުވާފައެވެ. މިއީ ދެ މަސް ދުވަހުގެ ކޯހެކެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އެ ކޯސް ފުރިހަމަކުރުމަށްފަހު އެ މުވައްޒަފުން އެއާޕޯޓް ރެސްކިޔު އެންޑް ފަޔާ ފައިޓިން ސްކޮޑާ ގުޅޭނެއެވެ.