ވީއައިއޭގެ އާ ކާގޯ ޓާމިނަލް: ފޮޓޯ އެމްއޭސީއެލް

ވީއައިއޭގެ ކާގޯ ޓާމިނަލްގެ އޮނިގަނޑުގެ މަސައްކަތް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ތަރައްގީ ކުރާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ އޮނިގަނޑުގެ މަސައްކަތް ފަށައިފިއެވެ.

ވީއައިއޭ ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ ފައުންޑޭޝަން އަޅައި އެންކަ ބޯލްޓް ވަނީ ހަރުކޮށްފައެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.

އެމްއޭސީއެލުން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ ކޮލަމް އާއި ބީމްތަކުގެ މަސައްކަތެވެ.

ވީއައިއޭގައި އަލަށް ހަދާ ކާގޯ ޓާމިނަލަކީ 120،000 ޓަނުގެ ކާގޯއަށް ހިދުމަތް ދެވޭ ޓާމިނަލެކެވެ. ހަތަރު ބުރިއަށް ހަދާ މި ޓާމިނަލްގައި ކާގޯ ކްރޭންހުރެއެވެ.