ވީއައިއޭ ގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދަނީ: ފޮޓޯ އެމްއޭސީއެލް

އާ ސީޕްލޭން ޓާމިނަލްގެ މެއިން ސްޓްރަކްޗާގެ މަސައްކަތްތައް ނިންމާލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްގެ މެއިން ސްޓްރަކްޗާގެ މަސައްކަތްތައް ނިންމާލައިފިއެވެ.

އެ އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ އާ ސީޕްލޭން ޓާމިނަލްގެ ފުރާޅުގެ މަސައްކަތްތަކާއި ޓާމިނަލްގެ އެތެރޭގެ މަސައްކަތްތަކެވެ.

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ ބިންގާ އަޅާފައިވަނީ 2018 ވަނަ އަހަރުއެވެ. އާ ސީޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 35،000 އަކަމީޓަރުގެ ބިން ހިއްކާފައިވެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށް ގެންދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.