އެމްޕީއެލް ސަރަހައްދު: ފައިލް ފޮޓޯ ކަސްޓަމްސް

އިމްޕޯޓާއި އެކްސްޕޯޓަށް ލައިސަންސް ނަގަން ނުޖޭ ގޮތަށް ކަނޑައަޅައިފި

އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓް ލައިސަންސް ނަގަން ނުޖެހޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެކަންކަމަށް އަންނަ ހޯމަ ދުވަހުން ފެށިގެން ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ. އެހެންކަމުން އަންނަ ހޯމަ ދުވަހުން ފެށިގެން ވައިގެ މަގުންނާއި ކަނޑު މަގުން އެތެރެކުރާ މުދަލުގެ ކޮންސައިންމަންޓް ބަދަލުކުރުމަށް އެދެން ޖެހޭނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގައެވެ.

ލައިސަންސް ނަގަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާއިރު މިހާރު ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް މިއަހަރުގެ ނިޔަލަށް މުދާ އިމްޕޯޓްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.