އެމްޕީއެލުން މުދާ ކްލިއާކޮށްގެން ނެރެވޭ ގަޑިތަކަށް ބަދަލު ގެނެސްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުން މުދާ ކްލިއާކޮށްގެން އެއްގަމު އުޅަނދުތަކުގައި މަގުމައްޗަށް ނިކުންނަ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިއެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި އެ ބަދަލު ގެނެސްފައިވަނީ މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން މި ހަފުތާގައި ބަދަލު ގެނެސްފައިވާތީއެވެ.
ކަނޑުމަގުން ކްލިއާ ކުރެވޭ މުދާ (ހޮނިހިރު – ބުރާސްފަތި)
ޑެލިވަރީ އޯޑާ ނޯޓްކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 22:30 އަށް.
އެއްގަމުމަގުން ކްލިއާ ކުރެވޭ މުދާ (ހޮނިހިރު – ބުރާސްފަތި)
ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯގެ ޑެލިވަރީ އޯޑާ ނޯޓުކުރެވޭނެ ގަޑިތައް:
ހެނދުނު 08:00 އިން ފެށިގެން ހެނދުނު 11:15 އަށް
މެންދުރު ފަހު 13:00 އިން 14:00 އަށް
ހަވީރު 16:00 ން 19:00 އަށް
ރޭގަނޑު 20:00 ން 22:00 އަށް އަދި 23:30 ން 00:00 އަށް
އެމްޕީއެލް އިން ބުނި ގޮތުގައި ކޮންޓެއިނަރައިޒް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފަށާނީ ހެނދުނު 08:15 އިން 10:00 އަށެވެ. އަދި މެންދުރު ފަހު 13:15 އިން ފެށިގެން މަސައްކަތް ނިމެންދެން އަނެއް ދުވަހުގެ ފަތިހު 03:30 އާއި ހަމަޔަށެވެ.
ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 11:30 އަށެވެ. އަދި މެންދުރު ފަހު 13:30 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 05:00 އާއި ހަމަޔަށެވެ.
ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް.
ކޮންޓެއިނަރައިޒް އާއި ޖެނެރަލްކާގޯގެ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 22:00 އަށް.
ދޯނިފަހަރަށް ބަރުކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީހަވީރު 15:45 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 07:00 އަށެވެ.
ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ ހަވީރު 15:45 އެވެ.
ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 15:45 އިން ފެށިގެން ފަތިހު 03:30 އަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ.