ބީއެމްއެލް އިން ގާއިމްކުރި އޭޓީއެމް

ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް އަލިފުއްޓަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ރ. އަލިފުށީގައި ގާއިމުކޮށްފިއެވެ.

ބީއެމްއެލް ބުނީ އެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

އަލިފުށީގައި ގާއިމުކުރެވުނު އެ ހިދުމަތާއެކު ރ. އަތޮޅުގައި މިހާރު ދެ ބްރާންޗެއް މެދުވެރިކޮށް ބީއެމްއެލްގެ ބޭންކިން ހިދުމަތް ދަނީ ދެމުންނެވެ.

އެ ހިދުމަތާއި ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ޒަމާނީ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އަލިފުށީގެ ރައްޔިތުންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދެވިގެން ދިއުމަކީ ލިބޭ އުފަލެއް ކަމުގައެވެ.

"މިއީ މުޅި ރާއްޖެއަށް އަމާޒުކޮށް ބޭންކިން ހިދުމަތް ފުޅާކޮށް، ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ބޭންކުން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް."  ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭގެ 20 އަތޮޅުގައި 37 ބްރާންޗް، 46 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 108 އޭޓީއެމް ގާއިމުކޮށްފައެވެ.