ޕިއްޒާ ބޯނާގެ "ހެޕީ އަވާ" ޕްރޮމޯޝަން ފަށައިފި

ޕިއްޒާ ބޯނާއިން އަނެއްކާވެސް "ހެޕީ އަވާ" ޕްރޮމޯޝަން ފަށައިފިއެވެ.

އެ ޕްރޮމޯޝަންގައި ހެނދުނު 8:30 ން ފެށިގެން މެންދުރު 12:00 އަށް އޯޑަރު ކުރައްވާ ސްކޮއާ ޕިއްޒާއެއް 99 ރުފިޔާއަށް ލިބޭނެ ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ. "ހެޕީ އަވާ" ގައި އޯޑަރު ކުރައްވާ ކޮންމެ ސްކޮއާ ޕިއްޒާއަކާއެކު 500 އެމްއެލްގެ ކޮކާކޯލާ ފުޅިއެއް ލިބިގެންދާނެއެވެ.

އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަން މާލެއާއި ހުޅުމާލޭގައި ކުރިއަށްދާނެ ކަމަށް ޕިއްޒާ ބޯނާއިން ބުނެއެވެ.

ޕިއްޒާ ބޯނާގެ ޕިއްޒާއަށް އޯޑަރު ކުރެއްވުމަށް މާލެއިން ނަމަ ގުޅާނީ 3009779 އަދި ހުޅުމާލެއިން ނަމަ 3359779 އަށެވެ.ޕިއްޒާ ބޯނާގެ ދެ އައުޓްލެޓް މާލޭގައި ހުރެއެވެ.