މަންޓާ އެއާގެ ދެ ސީޕްލޭން

މަންޓާ އެއާގެ ސީޕްލޭންތައް އަންނަ ހަފުތާގައި ރާއްޖެ ގެންނަނީ

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ޑީއެޗްސީ-6 ޓުވިން އޮޓާ މަރުކާގެ ދެ ސީޕްލޭން ރާއްޖެ އައުމަށް ކެނެޑާ އިން މިހާރު ވަނީ ފުރާފައެވެ. 16،000 ކިލޯމީޓަރުގެ ދަތުރަކަށްފަހު ސީޕްލޭން ރާއްޖެ އަންނާނީ ހަތް ތަނެއްގައި މަޑުކުރުމަށްފަހުއެވެ.

ސީޕްލޭން ފްލީޓް އިތުރަށްފުޅާކުރުމަށް ނިންމާފައިވާކަން ހާމަކޮށް މަންޓާ އެއާއިން ބުނީ މިމަސް ނިމުމުގެ ކުރިން އިތުރު ތިން ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ސީޕްލޭން ފްލީޓްގެ އަދަދު 10 އަކަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަންޓާ އެއާއިިން ދަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް މަންޓާ އިން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.