މަންޓާ އެއާގެ 3 ވަނަ ސީޕްލޭން ގެނެސްފި

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން، އިއްޔެ ހަވީރު ރާއްޖެ ގެނެސްފިއެވެ.

ސީޕްލޭން ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަން ހާމަކޮށް މަންޓާ އެއާ އިން ބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ސީޕްލޭން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.

މަންޓާ އެއާ އިން ވަނީ، މީގެ ކުރިން ވަނީ ދެ ސީޕްލޭން ރާއްޖެ ގެނެސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ސީޕްލޭން ފްލީޓް 10 އަކަށް އިތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.

އެ އެއާލައިނުން މިހާރުވެސް ދަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް މަންޓާއިން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.