މަންޓާ އެއާގެ ސީޕްލޭނަށް ވީއައިއޭއިން ވޯޓާ ސެލިއުޓް ދެނީ: ފޮޓޯ ވީއައިއޭ ފޭސްބުކް

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފި

މަންޓާ އެއާގެ ފުރަތަމަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.

އެ އެއާލައިންގެ ސީޕްލޭން ދަތުރުތަކަށް މިއަދު ރާއްޖެ ގެނައި ޑީއެޗްސީ-6 ޓްވިން އޮޓާ މަރުކާގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

މި ފްލައިޓަކީ ކެނެޑާއިން ރާއްޖެ ގެނައި ފްލައިޓެކެވެ. 16،000 ކިލޯމީޓަރުގެ ދަތުރަކަށްފަހު އެ ފްލައިޓް ރާއްޖެ އައީ ހަތް މަންޒިލެއްގައި ޖެއްސުމަށްފަހުއެވެ.

މަންޓާ އެއާއިން އިތުރު ސީޕްލޭންތަކެއް މިމަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ސީޕްލޭން ފްލީޓް 10 އަކަށް އިތުރުކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފައެވެ.

މަންޓާ އެއާއިިން ދަނީ ދާލު އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށް ދަތުރުތައް ބާއްވަމުންނެވެ. އެ ދަތުރުތަކަށް މަންޓާ އިން ބޭނުންކުރަނީ އޭޓީއާރް 600-72 މަރުކާގެ ފްލައިޓެވެ.