އުރީދޫ އޭޖީއެމްގެ ތެރެއިން: ފައިލް ފޮޓޯ އުރީދޫ

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީގެ ޑޭޓާ ހިލޭ

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް، ދުވާލަކު 5 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި، އެ ކުންފުނީގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ލިބޭނެއެވެ. ހިލޭ ޑޭޓާ ލިބޭނީ މާދަމާއިން ފެށިގެންނެވެ.

ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރުމާއެކު، ފަސް ޖީބީގެ ޑޭޓާ ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު އަލުން އެކްޓިވޭޓް ވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ. އުރީދޫން ބުނި ގޮތުގައި އެ އެލަވަންސްއަކީ ކޮވިޑް-19 އާ ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފުކޮށްފައިވާ 25 އިންސައްތަ ހިލޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ.