ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް: ފައިލް ފޮޓޯ އެފްއެސްއެމް

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މިހާތަނަށް ޑީސަލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 10.39ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 9.60ރ. އަށެވެ. މިއަދުން ފެށިގެން ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 1.68 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.53ރ. ވަނީ ހެޔޮކޮށްފައެވެ.

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް މިއަދުން ފެށިގެން ގެނައި ބަދަލާއެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.07ރ. އަށެވެ.

ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު، އެސްޓީއޯ އިން ވަނީ މިމަހުގެ 13 ވަނަ ދުވަހުވެސް ހެޔޮކޮށްފައެވެ.