އެސްޓީއޯ އިން ހިންގާ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް: ފައިލް ފޮޓޯ ފިއުލް ސަޕްލައި

ޕެޓްރޯލާއި ޑިސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

ޕެޓްރޯލް ލީޓަރަކުން 70 ލާރި ބޮޑުކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 50 ލާރި ވަނީ ބޮޑުކޮށްފައެވެ.

މިބަދަލާއެކު މީގެ ކުރިން 10.79ރ އަށް ވިއްކަމުން ދިޔަ ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 11.49ރ އަށެވެ. އަދި 11.61ރ އަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް ދެން ވިއްކަމުންދާނީ 12.11ރ. އަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ތެލުގެ އަގު ބޮޑުކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީއެވެ.