ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް: ފައިލް ފޮޓޯ ފިއުލް ސަޕްލައި

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 11.39ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 11.97ރ. އަށެވެ.

އެ ބަދަލު ގެނައުމުގެ ކުރިން، އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް އެހެން ފަހުން ބަދަލު ގެނެސްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެސްޓީއޯ އިން ވަނީ އެ ފަހަރު ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.

އެސްޓީއޯ އިން މިހާތަނަށް ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 11.49ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 12.11ރ. އަށެވެ.