އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑަކުން ހިދުމަތް ދެނީ: ފައިލް ފޮޓޯ ފިއުލް ސަޕްލައި މޯލްޑިވްސް ފޭސްބުކް

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މިހާތަނަށް އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10.89ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 10.13ރ. އަށެވެ.

ޑީސަލް ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 53 ލާރި ހެޔޮކޮށްފައިވާއިރު، ބަދަލާއެކު މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.39ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ  9.60ރ. އަށެވެ.

 އެސްޓީއޯ އިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ޑީސަލް ވިއްކާ އަގު ހެޔޮކޮށްފައެވެ.