އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް ގެ ސްޓޭޝަނެއް: ފައިލް ފޮޓޯ އެފްއެސްއެމް

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުންދާނީ 10.79ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 11.61ރ. އަށެވެ.

އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯ އިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 10.19ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 10.89ރ. އަށެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ ކަމަށް އެސްޓީއޯ އިން ބުނެއެވެ.  ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން މީގެ ކުރިންވެސް އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވެއެވެ.