އުރީދޫން ބޭއްވި އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: ފައިލް ފޮޓޯ

އުރީދޫއަށް 162 މިލިއަން ރުފިޔާގެ ފައިދާއެއް

އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ފުރަތަމަ ތިން މަހު، ސާފު ފައިދާގެ ގޮތުގައި 162 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކުރި، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އުރީދޫއަށް 507 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން އުރީދޫން ވަނީ ޓެކްސްގެ ގޮތުގައި 25 މިލިއަން ރުފިޔާ، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައްކާފައެވެ.

އުރީދޫގެ 90.5 އިންސައްތަ ހިއްސާކުރަނީ ވަތަނިއްޔާ އިންޓަނޭޝަނަލްއިންނެވެ. އާންމުން ހިއްސާވަނީ 9.5 އިންސައްތައެވެ.