ދުސިތު ތާނީގެ ވިލާއެއް: ފައިލް ފޮޓޯ ދުސިތު ތާނީ

63 މިލިއަން ޑޮލަރަށް ދުސިތު ތާނި ވިއްކާލައިފި

ބ. އަތޮޅު މުއްދޫގައި ހިންގާ ދުސިތު ތާނީ ރިސޯޓު 63 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 970 މިލިއަން ރުފިޔާ) އަށް ވިއްކާލައިިފިއެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ "މޯލްޑިވްސް އިންސައިޑާ" އިން ރިޕޯޓުކޮށްފައިވާ ގޮތުން އެ ރިސޯޓު ވިއްކާލާފައިވަނީ މިހާތަނަށް އެ ރިސޯޓު ހިންގަމުން އައި ތައިލެންޑުގެ ދުސިތު ތާނީ ޕަބްލިކް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ދުސިތު ތާނީ ފްރީ ހޯލްޑް އެންޑް ލީސް ހޯލްޑް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ޓްރަސްޓް ކުންފުންޏަށެވެ.

އެ ރިސޯޓުގައި ފަތުރުވެރިންނަށް ހާއްސަކޮށް ނުވަ ބާވަތެއްގެ ކޮޓަރި ހުރެއެވެ. އޭގެ ތެރޭގައި ބީޗް ވިލާ، ބީޗް ވިލާ ވިތް ޕޫލް، ވޯޓާ ވިލާ ވިތު ޕޫލް އަދި އޯޝަން ވިލާ ހިމެނެއެވެ.