އޭޓީއެމް ފެއާރގެ ތެރެއިން: ފޮޓޯ ވިޒިޓް މޯލްޑިވްސް

އޭޓީއެމް ފެއާރގައި ރާއްޖެ އިޝްތިހާރު ކުރަނީ

މެދުއިރުމަތީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާރ، "އަރަބިއަން ޓްރެވެލް މާކެޓް" (އޭޓީއެމް) ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ދުބާއީގައި މިމަހުގެ 28 އިން މޭ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ފެއާރގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިންނެވެ. މިއަހަރުގެ އޭޓީއެމް ފެއާރގައި ރާއްޖޭގެ 130 ފަރާތަކުން ބައިވެރިވެއެވެ.

މި ފެއާރގައި މި އަހަރު 150 ގައުމަކުން ބައިވެރިވެފައިވެއެވެ. މިއީ މި ފެއާރ ބާއްވާ 26 ވަނަ އަހަރެވެ.