"ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް" ރިސޯޓު: ފޮޓޯ ޔޫ އެންޑް މީ މޯލްޑިވްސް

"ޔޫ އެންޑް މީ" ރިސޯޓު ހުޅުވައިފި

ރ. އުތުރުމާފަރުގައި ކޮކޫން އިންވެސްޓްމަންޓުން ތަރައްގީ ކުރި "ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް" ރިސޯޓު ރޭ ހުޅުވައިފިއެވެ.

ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ ރާއްޖޭގެ ނޫހެއް ކަމުގައިވާ "މޯލްޑިވްސް އިންސައިޑާ" ގައިވާ ގޮތުން އެ ރިސޯޓުގައި 111 ވިލާ ހުރެއެވެ. އޭގެ ތެރެއިން 97 ވިލާއަކީ މޫދު ވިލާއެވެ. އޭގެ އިތުރުން ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ އާއި ޑޮލްފިން ވިލާ ވިތް ޕޫލް ހުރެއެވެ. އޭގެ އިތުރުން އަކްއާ ވިލާ، ބީޗް ސުއިޓް ވިތް ޕޫލް ވިލާވެސް ހުރެއެވެ.

މި ރިސޯޓުގައި އެކި ގައުމުތަކުގެ ކެއުންތައް ލިބޭ ހަ ރެސްޓޯރެންޓެއް ހުރެއެވެ. އޭގެ ތެރޭގައި މޫދު އަޑީގައި ތަރައްގީކޮށްފައިވާ ރެސްޓޯރެންޓެއްވެސް ހިމެނެއެވެ.