އެމްއެމްޕީއާރުސީގެ ފުރަތަމަ ފެއާ މެލޭޝިއާގައި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) އިން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފެއާ "ވިޒިޓް މޯލްޑިވްސް ޓްރެވަލް އެކްސްޕޯ 2019" މެލޭޝިއާގައި ފަށައިފިއެވެ.
މެލޭޝިއާގެ ޕުތުރަޖާޔާގައި ހުންނަ އައިއޯއައި މޯލްގައި ކުރިއަށްދާ މި ފެއާ ހުޅުއްވައި ދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ އަދި އެއާ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 17 ކުންފުންޏަކުން މި ފެއާގައި ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ އިތުރުން ރިސޯޓް ހިމެނެއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގެ ތެރެއިން ނަގާ ކޮންމެ ޓިކެޓަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް އެއާ އޭޝިއާއިން ދޭނެއެވެ.