މީޑިއާނެޓްގެ ޕްރޮމޯޝަން: ކޮންމެ ހަފުތާއަކު އައިފޯނު 11 އެއް

ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް އައިފޯން 11 އެއް ލިބޭ ޕްރޮމޯޝަނެއް މީޑިއާނެޓުން ފަށައިފިއެވެ.

މީޑިއާނެޓް ބޮޑު ޗުއްޓީ ޕްރޮމޯޝަންގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަނަކީ މިއަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓްގެ "ވޯންޓް-އިޓް-އޯލް" ޕެކޭޖަށް ސަބްސްކްރައިބް ކުރަންޖެހެއެވެ.  މީޑިއާނެޓްގެ "ވޯންޓް-އިޓް-އޯލް" ޕެކޭޖްގެ ދަށުން، މީޑިއާނެޓުން ރީ-ބްރޯޑްކާސްޓްކުރާ ހުރިހާ ޗެނަލްގެ ހިދުމަތް ލިބިގެންދާނެއެވެ.

މީޑިއާނެޓުން ބުނި ގޮތުގައި މިހާރުގެ ޕެކޭޖް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތައް އައިސްޓީވީ މެދުވެރިކޮށް އިއުލާނު ކުރެވޭނެއެވެ.