ލިޓަސް "ރޯދަ ހަދިޔާ" ޕްރޮމޯޝަން ފަށައިފި

ލިޓަސް އިން ރޯދަ މަހަށް ހާއްސަކޮށް، "ރޯދަ ހަދިޔާ" ގެ ނަމުގައި ސައިކަލް ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ރޯދަ ހަދިޔާ" ޕްރޮމޯޝަންގައި، ބައްލަވައިގަންނަވާ ސައިކަލުން 2،500 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެއެވެ. ލޭ ހަދިޔާ ކުރައްވައިގެން އިތުރު 4،000 ރުފިޔާގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ލިޓަސް އިން ބުނެއެވެ.

"މީގެ އިތުރުން ލިޓަސް އިޖާރާ މެދުވެރިކޮށް ނަންގަވާ ކޮންމެ ސައިކަލެއްގެ އެޑްވާންސް ޕޭމަންޓްގެ 10 އިންސައްތަ ގާޒާ އަދި ސީރިޔާގައި ހާލުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ މުސްލިމް އަހުންނާއި އުހުތުންނަށް ތިޔަ ބޭފުޅުންގެ ނަމުގައި ހަދިޔާ ކުރެވޭނެ" ލިޓަސް އިން ބުނެއެވެ.

ލިޓަސްއިން ދަނީ އެއާބްލޭޑް، ސްކޫޕީ-އައި، ޕީސީއެކްސް، އަދި ޒޫމާ އެކްސް ފަދަ ދިވެހިންގެ މެދުގައި މަގުބޫލު ސައިކަލްތައް ވިއްކަމުންނެވެ.