ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ނަސީބުވެރިން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ގޭސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 15 އިން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ބީއެމްއެލް މޮބައިލްޕޭ ބޭނުން ކުރައްވައިގެން މޯލްޑިވް ގޭހަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަސް ފަރާތެއް ވަނީ ހޮވާފައެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ މުހައްމަދު އަފްރާހު، ހުސައިން އާމިލް، އަބްދުލް ވާހިދު، މުހައްމަދު ނިމާލް އަދި އަމިނަތު ރިޝާމާއެވެ.

ނަސީބުވެރިންގެ ގޮތުގައި ހޮވުނު ކޮންމެ ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10،000 ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.