ރެއިންބޯ ރަމަޟާން ސޭލްގެ ނަސީބުވެރިންގެ ކޫޕަންތައް

ރެއިންބޯ ރަމަޟާން ސޭލްގެ ނަސީބުވެރިން ހޮވައިފި

ރެއިންބޯ އެންޓަޕްރައިސަސް އިން މިއަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ ރަމަޟާން ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ.

ނަސީބުވެރިން ހޮވާފައިވަނީ ރޭ، ރެއިންބޯ ލިވިން މޯލްގައި ބޭއްވި ހަފުލާއެއްގައެވެ. ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވިފައިވަނީ

ކޫޕަން ނަންބަރު 282300: ގ. އަލިނަރު، މަރިޔަމް

ކޫޕަން ނަންބަރު 279351: މއ. ރިހިރާޅު، އައިމިނަތު އީޝަލް

ކޫޕަން ނަންބަރު 254553: އޯޓަމްވާދީ، އަބްދުﷲ ވަހީދު

މީގެ ތެރެއިން ކޮންމެ ނަސީބުވެރިއަކަށް ދެމީހެއްގެ އުމްރާ ދަތުރުވަނީ ލިބިފައެވެ.

ނަސީބުވެރިން ހޮވުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރެއިންބޯ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް ވިދާޅުވީ ކުރީ އަހަރުތަކުގެ ޕްރޮމޯޝަނަށްވުރެ މިއަހަރުގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ރެއިންބޯ ރޯދަ ރަމަޟާން ސޭލް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުން މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އާއި ރެއިންބޯ އޮފީސް ސިސްޓަމްގެ އިތުރުން ރެއިންބޯ ތިނަދޫ ފިހާރައިގައި މި ޕްރޮމޯޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.